މަސައްކަތް
ނަންބަރު: (IUL)AEH/AEH/2021/59
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 19:27
ސުންގަޑި: 12 އޮކްޓޫބަރު 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ގައުން އަދި ޕެކިންގ ޝީޓް އަދި ކަވަރ އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ގައުން އަދި ޕެކިންގ ޝީޓް، ކަވަރ އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/53 އިޢުލާންގެ ދަށުން ކުރަންޖެހޭ މަސައްކަތަށް ބަދަލު ގެންނަން ޖެހޭތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07  އޮކްޓޯބަރު 2021 އިން ފެށިގެން 12 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 13:00އަށް ރަސްމީ ވަގުތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން ނުވަތަ [email protected] އަށް ރެޖިސްޓްރޭޝަން ފޯމް މެއިލް ކުރައްވައި ރެޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.

މި ޢިއުލާނާއި އެކު ރެޖިސްޓްރޭޝަން ފޯމް، މަޢުލޫމާތު ޝީޓް، އެނެކްސް 1 އަދި ބީލަން ޝީޓް ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 12 އޮކްޓޯބަރު 2021 ވާ  ދުވަހުގެ 13:30ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 17 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

07 އޮކްޓޫބަރު 2021