ދެންނެވުން
ނަންބަރު: 2021/38
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 20:25
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ އަސާސީ ޝަރުޠު (10 ވަނަ އިޞްލާޙު) ޢާންމުކުރުން

ދިވެހި ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ ތެރެއިން، ޖީ.އެސް 3 އަދި ޖީ.އެސް 4 ރޭންކުގެ އިދާރީ މަޤާމުތަކުގެ ޝަރުތުތައް އިޞްލާހުކޮށް، "ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ އަސާސީ ޝަރުޠު (10 ވަނަ އިޞްލާޙު)" މި ސަރކިއުލަރއާއެކު ޢާންމުކުރަމެވެ.

ވީމާ، 2021 އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން، ޖީ.އެސް 3 އަދި ޖީ.އެސް 4 ރޭންކުގެ އިދާރީ މަޤާމުތަކަށް އިޢުލާންކުރެއްވުމުގައި މި އިސްލާޙުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް އިޢުލާންކުރެއްވުމަށް ދެންނެވީމެވެ.  

 އަދި "ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ އަސާސީ ޝަރުޠު (10 ވަނަ އިޞްލާޙު)" އަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، މި ކޮމިޝަނުގެ ނަންބަރު 188-OD/CIR/2021/129  (30 ސެޕްޓެންބަރު 2021) ސަރކިއުލަރ ނޯޓާއި، ނަންބަރު 37/2021 (23 ސެޕްޓެންބަރު 2021) ސަރކިއުލަރ ބާޠިލުވީ ކަމުގައި ދަންނަވަމެވެ.

06 އޮކްޓޫބަރު 2021