ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)371-ESMSED/371/2021/139
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 11 އޮކްޓޫބަރު 2021 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މައުލޫމާތު ސާފުކުރުމަށް

މިރަށު ނަބާޒުގޯތީގެ ހުޅަނގު ދެކުނު ކަންމަތީގައިހުރި 02 ރުކާއި ގުޅޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)371-ESMSED/371/2021/137 23 ސެޕްޓެމްބަރ 2021 ގެ އިޢުލާން މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން މި ދެ ރުކާއި ގުޅޭ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާތީ އަލުން މި ދެރުކުގެ މަޢުލޫމާތު ސާފްކުރުމަށް ބޭނުންވެއެވެ. އަދި މިދެރުކުގައި ރީނދޫކުލައިގެ ދަވާދުން 09،10 ނަންބަރު ޖަހާފައިވާނެއެވެ. ވީމާ، މިދެރުކާއިގުޅޭ އެއްވެސް މަޢުލޫމާތެއް ވާނަމަ 11 އޮކްޓޫބަރ 2021 ވާ ހޯމަ ދުވަހުގެ 13.00  ގެ ކުރިން މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފްކޮށްދެއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން މި ދެރުކާއި ގުޅިގެން ޝަކުވާއެއް ހުށަހަޅާފައި ނުވާނަމަ މި ކައުންސިލުން މި ދެރުއް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

06 އޮކްޓޫބަރު 2021