ޢާންމު މަޢުލޫމާތު
ނަންބަރު: IUL-303-AS/2021/55ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 19 އޮކްޓޫބަރު 2021 11:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް ބޭނުންވާ 300 Sqmm-1C,Cu/PVC/PVC 336 މީޓަރ ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                     ނަންބަރު: IUL303-AS/2021/55

އިޢުލާން

އުނގޫފާރު ރައްޔިތުންގެ އިންޖީންގެއަށް ބޭނުންވާ 300Sqmm-1C,Cu/PVC/PVC  336 މީޓަރ ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           އިންޖީންގެއަށް ބޭނުންވާ 336 މީޓަރ ކޭބަލް ސަޕްލައިކޮށްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކުން މިއަދު (2021 އޮކްޓޯބަރ 06)ވާ ބުދަ ދުވަހުން ފެށިގެން 2021 އޮކްޓޫބަރ 14،ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ނިޔަލަށް ރަސްމީގަޑީގައި މިކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އެމުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޯބަރ 19 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އިންޖީންގެއަށް ބޭނުންވާ 336 މީޓަރ ކޭބަލް ސަޕްލައިކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.             

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ އިންޖީންގޭގެ މެނޭޖަރ އަޙްމަދު އަބްދުއްސަކޫރުގެ ގެނަމްބަރ 9998591 ގުޅުއްވުން އެދެމެވެ.    

       ތިރީގައި އެވަނީ ކޭބަލްގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.   
  1. 336 މީޓަރ ކޭބަލް ގެނެސްދިނުމަށް ހުށަހަޅާ އަގަށް %75          
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް         
  3.  ހުށަހަޅާ މުއްދަތައް              
  4. މާލީތަނަވަސް ކަމަށް              

             29 ޞަފަރު   1443    

             06 އޮކްޓޯބަރ  2021                            

                                                    

ރައްޔިތުންގެ އިންޖީނުގެއިންދޭ ކަރަންޓްގެ ޙިދުމަށް އަޕްގުރޭޑްކުރުމަށް ގެނެއުމަށް ބޭނުންވާ ކޭބަލްގެ މަޢުލޫމާތު 

1- 336 މީޓަރ ކޭބަލް (300sqmm 1C, CU/PVC/PVC)  

2- ގެނެވޭ ކޭބަލް ވާންވާނީ އެނަޖީ އޮތޯރުޓީއިން އެޕްރޫވަލް ކުރެފިފައިވާ ކޭބަލަކަށް ވާންވާނެއެވެ.

06 އޮކްޓޫބަރު 2021