ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2021/42
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 19 އޮކްޓޫބަރު 2021 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑްޔޫސްޕެލޭން ރިވިއު ކުރުމާއި ގުޅޭ

އިޢުލާން

  • ·          ލޭންޑްޔޫސް ޕްލޭން ރިވިއު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

 

 

އއ. ހިމަންދޫ ލޭންޑްޔޫސްޕްލޭން ރިވިއު ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

 

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އއ.ހިމަންދޫ ލޭންޑްޔޫސް ޕްލޭން ރިވިއު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ

ރަސްމީ ގަޑީގައި 7948087 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން

މި އިދާރާއަށް ނުވަތަ މި އިދާރާގެ ރަސްމީ އީ މެއިލް [email protected] އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު

ސާފުނުކުރައްވާ ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ރަޖިސްޓްރީ ކޮށްފައިވާ

ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވްސްއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް އޮތް ފަރާތަކުންނެވެ. އަދި އަންދާސީ ހިސާބާއެކު ކުންފުނި ނުވަތަ

ކޯޕަރޭޓިވް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާނަމަ އެ ރަޖިސްޓްރީގެ ކޮޕީއަކާއި،

ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލާއި މަސައްކަތު ތަޖްރިބާގެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

06 އޮކްޓޫބަރު 2021