ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2021/274
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:57
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރު

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލްއަގްވާމީ މުޢާހަދާ، 'މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ'ގެ ދަށުން، ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެތެރެކުރުން ވަނީ ހުއްޓާލެވިފައިއެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ސަރވިސިން ޓެއިލެއްގެ ގޮތުގައި އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރެވޭނެކަން ވަނީ ނަންބަރު (IUL)438-ENV/438/2019/369 (05 ޑިސެމްބަރ 2019)) އިއުލާން މެދުވެރިކޮށް އާއްމުކުރެވިފަވެއެވެ. މިގޮތުން، ސަރވިސިން ޓެއިލްގެ ދަށުން 2022 ވަނަ އަހަރު އެތެރެކުރާނީ 1.68 (އެކެއް ޕޮއިންޓް ހައެއް އަށެއް) މެޓްރިކްޓަން ކަމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.

06 އޮކްޓޫބަރު 2021