ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2021/365
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 10:03
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތާ ގުޅޭ

އައްޑޫ ސިޓީ ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތާ ގުޅޭ:

ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ބަޔާންވެގެންވާ ފަދަ އެއްބަސްވުމެއްނެތި އައްޑޫ ސިޓީ ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތް އާންމު ފަރާތަކުން ބޭނުންކުރަމުން ގެންދާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ބުނެވިދަ ޤާނޫނުގައި ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރާ ގޮތްތަކާއި ދިރިއުޅުމަށް ގޯތި ދޫކުރެވޭ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ. ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ހ) ގައި ސިޓީ ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށް ކަމަށް ބަޔާންކޮށްފައިވާތީ، ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތަކީ ކައުންސިލްގެ މިލްކެކެވެ.

އެހެންކަމުން، ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތުގެ އެތެރެއާއި ބޭރުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ، އެ އިމާރާތަށް ގެއްލުން ނުވާނޭހެން 12 އޮކްޓޫބަރު 2021 ގެ ކުރިން އެތަކެއްޗެއް އެތަނުން ގެންދެވުމަށް ދަންނަވަމެވެ. މި ތާރީޙުގެ ކުރިން އެ ޢިމާރާތުގެ އެތެރެ އާއި ބޭރުގައިވާ ތަކެތި ގެންގޮސްފައި ނުވާނަމަ އެތަކެތި އެތަނުން ނަގާނެކަން އަންގަމެވެ. އަދި އެހެންތަނަކަށް އެތަކެތި ގެންދިއުމުގައި ލިބޭގެއްލުމަކަށް ކައުންސިލުން ޒިންމާނުވާނެ ވާހަކަ އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 ޞަފަރު  1443

06 އޮކްޓޫބަރު 2021