ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 167-PR/167/2021/69
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 19 އޮކްޓޫބަރު 2021 11:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގައި މަސައްކަތް ކުރާ އޮފިސަރުންނަށް އެންކަލް ބޫޓް ހޯދަން ބޭނުންވެއްޖެ

މި ސަރވިސްގައި މަސައްކަތް ކުރާ އޮފިސަރުން ބޭނުންކުރުމަށް އެންކަލް ބޫޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކޮށްފައިވާ ނަންބަރު: (IUL)167-PR/167/2021/27 އިޢުލާނާއި ގުޅިގެން އެމަސައްކަތަށް ހޮވިފައިވާ ފަރާތުން ހުށަހަޅާފައިވާ ސާމްޕަލް އެޕްރޫވް ނުވާތީ، އެންކަލް ބޫޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހެޅުން

19 އޮކްޓޯބަރ 2021

އަންގާރަ

11:00

05 އޮކްޓޫބަރު 2021