މަސައްކަތް
ނަންބަރު: (IUL)471-PIDS7/471/2021/39
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 25 އޮކްޓޫބަރު 2021 13:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ޓު ޑިވެލޮޕް އަ ޖެންޑަރ އިކުއިޓެބަލް ގައިޑްލައިންސް ފޯ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު   

"ކޮންސަލްޓަންސީ ޓު ޑިވެލޮޕް އަ ޖެންޑަރ އިކުއިޓެބަލް ގައިޑްލައިންސް ފޯ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ" 

]MV-MONPI-234421-CS-INDV ރިފަރެންސް ނަންބަރު: ]

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާ " މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" މަޝްރޫޢުއަށް ވޯލްޑް ބޭންކުން ވަނީ ލޯނާއި ހިލޭ އެހީ ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ޖެންޑަރ އިކުއިޓަބަލް ގައިޑްލައިންސް ޑިވެލޮޕްކުރާނެ ކޮންސަލްޓަންޓެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތަކީ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް އިމަރޖަންސީ ރެސްޕޮންސް އާއި ގުޅޭގޮތުން ޖެންޑަރ އިކުއިޓަބަލް ގައިޑްލައިންސް ތައްޔާރުކުރުމެވެ. މި ގައިޑްލައިން ތައްޔާރުކުރާއިރު، މި މަސައްކަތާއި ގުޅޭގޮތުން މިހާރު ހަދާފައި ހުރި ޤާނޫނީ ފްރޭމްވާރކްތަކާއި، ސިޔާސަތުތައް، ނޭޝަނަލް އިމަރޖަންސީ އޮޕަރޭޝަންސް ޕްލޭން އަދި ކުރިން ހަދާފައިވާ އިމަރޖަންސީ ރެސްޕޮންސް އޮޕަރޭޝަންސް ތަކުން ލިބިފައިވާ ފިލާވަޅުތަކަށް ބިނާކޮށް އިމަރޖަންސީ ރެސްޕޮންސް ދާއިރާގައި އަންހެނުން ބާރުވެރިކޮށް މިންތީގެ ހަމަހަމަކަން ގާއިމްކުރާނެ ގޮތްތަކެއް ހުށަހަޅަން ޖެހޭނެއެވެ.  

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

         1.            ޖެންޑަރ ރެސްޕޮންސިވް ޕޮލިސީ، ޕްލޭނިންގ އެންޑް ޕްރޮގްރާމިންގ އަދި ޖެންޑާ އީކުއޭލިޓީގެ ދާއިރާއިން މަދުވެގެން 7 އަހަރު ދުވަހުގެ ފަންނީ ތަޖުރިބާ ލިބިފައިވުން

         2.            ޖެންޑަރ ސްޓަޑީޒް، ސޯޝަލް ސައިންސަސް/ޕަބްލިކް ޕޮލިސީ ނުވަތަ އެއާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން

         3.            މި ކޮންސަލްޓަންސީގެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން އަދި ސަރުކާރުގެ އިދާރާއަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކާއި ގުޅިގެން ޖެންޑަރ އީކުއޭލިޓީ ސިޔާސަތުތައް އެކުލަވާލުމުގެ ތަޖުރިބާ ލިބިފައިވުން

         4.            އޭޝިއާ-ޕެސިފިކް ރީޖަންގެ ޖެންޑަރ އީކުއޭލިޓީ ގެ މާހައުލު އަދި ޙާލަތު އެނގުން

         5.            އިނގިރޭސި ބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އިނގުމާއި އަދި މަޝްވަރާކޮށް ވާހަކަ ދެއްކުމުގެ ހުނަރުލިބިފައިވުން.

 

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިމަސައްކަތްކަތުގެ މުއްދަތަކީ 10 ހަފްތާއެވެ (ރަސްމީ މަސައްކަތްކުރާ 70 ދުވަސް).

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ސީސީ: [email protected]

05 އޮކްޓޫބަރު 2021