މުބާރާތް
ނަންބަރު: (IUL)141-YD/141/2021/234
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 10 އޮކްޓޫބަރު 2021 13:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ފަންނީ އަދި މިއުޒިކީ ހަރަކާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

                      އިޢުލާން

ޒުވާނުންގެ ދުވަސް 2021

     22 އޮކްޓޯބަރ 2021 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާތީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން މާލޭގެ ސަލްޓަންޕާކާއި އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވޭ ފަންނީ އަދި މިއުޒިކީ ހަރަކާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 10 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ގޫގުލް ލިންކް https://forms.gle/19xEwdJRCjn8hVmz9 މެދުވެރިކޮށެވެ.  

މި ހަރަކާތްތަކަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

04 އޮކްޓޫބަރު 2021