ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)471-CDS3/1/2021/159
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި:
14 އޮކްޓޫބަރު 2021 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމިނިސްޓްރީގެބެލުމުގެ ދަށުގައިވާ ހުޅުމާލެ 704 ފްލެޓް ފޮޅާސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
- މިމިނިސްޓްރީގެބެލުމުގެ ދަށުގައިވާ ހުޅުމާލެ 704 ފްލެޓް ފޮޅާސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 10 އޮކްޓޯބަރ 2021 އާދީއްތަދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. އަދި އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮކްޓޯބަރ 2021ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 14އޮކްޓޯބަރ 2021ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.
04 އޮކްޓޫބަރު 2021