މަސައްކަތް
ނަންބަރު: (IU)222-F/INDIV/2021/56
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 24 އޮކްޓޫބަރު 2021 00:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ހއ.އުތީމުގައި ދާރުލްއާސާރެއް ގާއިމުކުރުމަށްޓަކައި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ 03 ކްލާސް ރޫމް ގުޅުވުމަށާއި، ދޮރުތައް ހަރުކުރުމުގެ މަސައްކަތް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް  ހއ.އުތީމުގައި ދާރުލްއާސާރެއް ގާއިމުކުރުމަށްޓަކައި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ 03 ކްލާސް ރޫމް ގުޅުވުމަށާއި، ދޮރުތައް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު  (IUL)222-F/INDIV/2021/34 (15 އޮގަސްޓް 2021) އިޢުލާން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

13 އޮކްޓޯބަރ 2021

(ބުދަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

ބީލަން ހުށައެޅުން

24 އޮކްޓޯބަރ 2021

(އާދިއްތަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340202 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 27 ޞަފަރު  1443

04 އޮކްޓޯބަރ 2021

04 އޮކްޓޫބަރު 2021