ދިވެހިރާއްޖެ
ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓްކޯޓް
ތ.ކަނޑޫދޫ
ދިވެހިރާއްޖެ ނަންބަރު: N6C-A/2021/1
އިޢުލާން
ފާޚާނައެއް އަޅައިދޭނެ ފަރާތެއް ހޯދުން
މިކޯޓުގައި ކޯޓް އިމަރާތާއި ގުޅުވައިގެން ފާޚާނައެއް އެޅުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި ކޯޓަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ގަޑި |
މައުލޫމާތު ދިނުމުގެ ސެޝަން |
ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓް |
10 އޮކްޓޯބަރ 2021 |
10:30 |
އަންދާސީހިސާބު ހުށަހެޅުން |
ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓް |
19 އޮކްޓޯބަރ 2021 |
10:30 |
މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
27 ޞަފަރު 1443