ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)221-ASS/221/2021/49
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 06 އޮކްޓޫބަރު 2021 11:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޗްއާރ އެޕްލިކޭޝަނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

އެޗްއާރ އެޕްލިކޭޝަނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އެޗްއާރ އެޕްލިކޭޝަނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އޮތޯރިޓީން ކޮށްފައިވާ ނަންބަރު  (IUL)221-ASS/221/2021/20 ( 13 ޖޫން 2021 ) އިއުލާނާއި ގުޅިގެން  ހުށައެޅި އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޮކްޓޯބަރ 04 ވާ ހޯމަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރ 06 ވާ ބުދަ ދުވަހުގެ 11:00 ގެ ނިޔަލަށް މި އޮތޯރިޓީއަށް ހާޟިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 2021 އޮކްޓޯބަރ 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން މައުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                             27   ޞަފަރު       1443 

 

04 އޮކްޓޫބަރު 2021