ދިވެހިރާއްޖެ
މިކޯޓުގެ ފާޚާނާތަށް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ ފާޚާނާތަށް އަމިއްލަ ތަކެތީގައި މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:2021/05/(IUL)P2C (26 ސެޕްޓެމްބަރ 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އެސްޓިމޭޓްތަށް ހުށަހެޅިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 12:30 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިކޯޓުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު ހަމަ އެދުވަހުގެ (10 އޮކްޓޯބަރ 2021) 13:00 އަށް މިކޯޓަށް ޙާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.