ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ (IUL)MMPRC-HR/1/2021/45:އިޢުލާން ނަންބަރު ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: ޗީފް ފައިނޭންޝަލް އޮފިސަރ |
- މުސާރަ (މަހަކު):-/18,900 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/6,300 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް:-/6,300 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ފައިނޭންސް |
ބޭނުންވާ އަދަދު: 1 |
1- ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. އެސޯސިއޭޝަން އޮފް ޗާރޓަޑް ސަރޓިފައިޑް އެކައުންޓެންޓް (އޭ.ސީ.ސީ.އޭ) ގެ މެންބަރެއްކަމުގައިވުން ނުވަތަ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓެންޓް (ސީ.ޕީ.އޭ) ކަމުގައިވުން، ނުވަތަ ޗާރޓަޑް ބަޕްލިކް އެކައުންޓެންޓްސް (ސީ.ޕީއޭ) ކަމުގައިވުން، ނުވަތަ ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީ.އައި.އެމް.އޭ) ހާސިލްކޮށްފައިވުން، ނުވަތަ އެނޫންވެސް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައި.އެފް.އޭ.ސީ) އިން ބަލައިގަންނަ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރއަކަށްވުމާއެކު ތިރީގައި އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ 1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 4 އަހަރުގެ ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛ 2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި؛ 3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން. (ނުވަތަ) ށ. އެކައުންޓިންގ، ފައިނޭންސް ދާއިރާއިން މާސްޓަރސް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ތިރީގައި އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ 1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛ 2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި؛ 3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން. (ނުވަތަ) ނ. އެކައުންޓިންގ، ފައިނޭންސް ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ތިރީގައި އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ 1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝިއަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛ 2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި؛ 3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން. - މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މި ކޯޕަރޭޝަން ހިންގުމާއި ޙަވާލުވެ ހުންނަ ވެރިޔާގެ ބެލުމުގެ ދަށުން، ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ހަރުދަނާގޮތެއްގައި ރާވާ ހިންގުމާއި ބެލެހެއްޓުން. - މިކޯޕަރޭޝަނުގެ ފައިނޭންސް ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް ކޯޕަރޭޝަނުގައި ޢަމަލުކުރާ ޕޮލިސީ އަދި ޕްރޮސީޖަރތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިއުމާއި ބެލެހެއްޓުން. - މިކޯޕަރޭޝަނުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓްސް، އިންކަމް ސްޓޭޓްމަންޓްސް، ބެލެންސްޝީޓްސް، ޝެއަރހޯލްޑަރ ރިޕޯރޓްސް، ޓެކްސް ރިޓަރންސް އަދި ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކަށް ހުށައަޅަންޖެހޭ ފައިނޭންސްގެ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ހުށައެޅުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި މޮނިޓަރކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުމާއި ގުޅޭ އެންމެހާ ކަންތައްތައް މޮނިޓަރކުރުން. - މި ކޯޕަރޭޝަނުގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނެ އުސޫލުތައް އެކުލަވައިލައި ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ ބަޖެޓް ތައްޔާރުކޮށް ޑިރެކްޓަރުންގެ ބޯޑަށް ޕްރެޒެންޓްކުރުން. - މި ކޯޕަރޭޝަނުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން. - މި ކޯޕަރޭޝަނުގެ ފައިސާގެ މުއާމަލާތުތައް މި ކޯޕަރޭޝަނަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ އަދި ހަރުދަނާކުރެވޭނެ ގޮތްތަކުގެ ލަފާ މެނޭޖްމަންޓަށް ދިނުން. - މި ކޯޕަރޭޝަނުން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދިއުމުގެ އެންމެހާ މަސައްކަތް މޮނިޓަރކުރުން. - މި ކޯޕަރޭޝަނުގެ ފައިސާއާ ގުޅުންހުރި އެންމެހާ ލިޔެކިއުންތައް ބަލަހައްޓަމުންދާ އުސޫލުތައް މޮނިޓަރކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން. - މިކޯޕަރޭޝަނުގެ ފައިނޭންޝަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންކަން މޮނިޓަރކޮށް އެމައުލޫމާތު މެނޭޖްމަންޓާއި ހިއްސާކުރުން. - މި ކޯޕަރޭޝަނުގެ އެކްސްޓަރނަލް އަދި އިންޓާނަލް އޮޑިޓް ޤަވާއިދުން އަހަރުން އަހަރަށް ނިންމުމުގައި ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކުރުން. - ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ މާލީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް (ޕޮލިސީ،ޕްރޮސީޖަރ،އެސްއޯޕީ) އިސްލާހުކޮށް ހަރުދަނާކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިއުން. - މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
|
3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 13 އޮކްޓޫބަރ 2021 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4 - ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ. - ޕޮލިސް ރިޕޯޓް |
|
5 - އިތުރު މަޢްލޫމާތު:
6- އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
4 އޮކްޓޫބަރ 2021 |