ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2021/211
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި:
13 އޮކްޓޫބަރު 2021 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ "ރެމްސިސް" އަދި "ގުޑްލަކް" ގޯތީގެ ރަޖިސްޓްރީއާއި ބެހޭ
ފުވައްމުލަކު ސިޓީ "ރެމްސިސް" ކިޔާ ގޯއްޗަށް ހަދައިދެވިފައިވާ ނަންބަރ (R-6)13/2012
(08 އޮކްޓޫބަރު 2012) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަދި ފުނާޑު " ގުޑްލަކް" ކިޔާ ގޯއްޗަށް ހަދައިދެވިފައިވާ ނަންބަރ 6/93 (09 މާރިޗު 1997) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.
ވީމާ މިދެންނެވި "ރެމްސިސް" އަދި "ގުޑްލަކް" ގޯއްޗަށް ހަދައިދީފައިވާ ރަޖިސްޓްރީ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 2021 އޮކްޓޫބަރު 13 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.
04 އޮކްޓޫބަރު 2021