ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-PMU/475/2021/208
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 14 އޮކްޓޫބަރު 2021 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

 

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

އިއުލާން ނަމްބަރު: 475PMU/475/2021/208

 

ވަޒީފާގެ ފުރުސަތު

 ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު'  ޕްރޮޖެކްޓަށް ޕްރޮޖެކްޓް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު (IUL)475/475/2021/166 ނަންބަރު އިއުލާނުން ޝޯޓްލިސްޓްވި ފަރާތްތަކުގެ މެދުގައި ކުރެވުނު އިންޓަވިއުއިން އެއްވެސް ފަރާތެއް ފާސްވެފައިނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާންކުރީމެވެ.

މަޤާމް:        ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:    1 (އެކެއް)

މުސާރަ:  20,160 - 17,550 އާއި ދެމެދު

 

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ގެ މެންދުރު 12:00 ގެ ކުރިން މިމިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ އީމެއިލް އެޑްރެސް [email protected] އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3026975 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

           

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރގެ ކޮޕީ

  

މަޤާމަށް ހޮވުން:  - މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ.  މި މަޤާމަށް ހޮވޭ ފަރާތުން ހުށައަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ކޮޕީ ހުށައަޅަންވާނެއެވެ.

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިން، 4 ވަނަ ފަންގިފިލާ

އީމެއިލް : [email protected]  ފޯން: 3026975

 

                        

 

 

04 އޮކްޓޫބަރު 2021