މަސައްކަތް
ނަންބަރު: MNU-CA-PAMD/2021/053
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި:
12 އޮކްޓޫބަރު 2021 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2021 އޮކްޓޯބަރގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރިންގެ ގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2021 އޮކްޓޯބަރގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރިންގެ ގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ރަސްމިއްޔާތަށް ކޭޓަރިންގ ގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ސައިޓް ދެއްކުމާއި މައުލޫމާތު ދިނުން 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 10:00 އާއި 11:00 ދެމެދު ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައި އޮންނާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 12 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ޕްރީ-ބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛ ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345109، 3345111، 3345148 އީ-މެއިލް: [email protected] |
04 އޮކްޓޯބަރ 2021
04 އޮކްޓޫބަރު 2021