ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2021/38
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ޤަވާޢިދަށް ޢަމަލުކުރަން ފެށުމާ ގުޅޭ

ޤަވާޢިދު ނަންބަރު: 2019/R-156 "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ޤަވާޢިދު" އަކީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވި މިހާރުވެސް ޢަމަލުކުރެވެމުންދާ ޤަވާޢިދެކެވެ. މި ޤަވާޢިދަކީ ވަރަށް ގިނަ ބައެއްގެ ޙައްޤުތައް އޭގައި ޝާމިލުވާ، އަދި އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިއްމު ޤަވާޢިދެއްކަމަށްވުމާއެކު، 2022 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ކުރެވޭ މިބާވަތުގެ ކޮންމެ މަސައްކަތެއް މި ޤަވާޢިދާ އެއްގޮތަށް ތަންފީޒުކުރުމުގެ މަސައްކަތް މި ކައުންސިލުން ކުރަމުން ގެންދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ޤަވާޢިދާ ޚިލާފަށް ކުރެވޭ މަސައްކަތްތައް ހުއްޓުވައި، އަޅަންޖެހޭ ފިޔަވަޅުތައް މި ކައުންސިލުން އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23   ޞަފަރު  1443

30 ސެޕްޓެމްބަރ 2021

30 ސެޕްޓެންބަރު 2021