ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި މިނިސްޓްރީގެ ނަންބަރު (IUL)459-PL/459/2021/59 އިޢުލާނުން، މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޞިއްޙީ ޚިދުމަތްދޭ ބަޔަށް ބޭނުންވާ މެޑިކަލް އިކްވިޕްމެންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުތައް ބޮޑުކަމުގައިވާތީ، ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓް ރިވައިޒްކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާނުގައިވާ މަޢުލޫމާތު ޝީޓުގައިވާގޮތަށް އަންދާސީ ހިސާބު ތައްޔާރުކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް މިމިނިސްޓްރީއަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
14 އޮކްޓޫބަރު 2021 |
ބުރާސްފަތި |
11:00
|
މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް މ.ސީޓްރެކްސް ބިލްޑިންގ (7 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިނގުން |