ދިވެހިރާއްޖެ
އިޢުލާން
ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާގުޅޭ
ހއ. ކެލާއިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް އަލުން ދޫކުރުމަށްޓަކައި އެ ހުސްގޯތި ތަކުގައި ހުރި ރުއްގަހުގެ ވެރީން 13 އޮކްޓޯބަރު 2021 ބުދަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލުން ދޫކުރާ ރުއްގަހުގެ ވެރިފަރާތް އަންގާ ފޯމް ފުރިހަމަ ކުރުމަށްފަހު މި ކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި މި ހުސް ގޯތިތައް ދައްކުވައިދޭ ޗާޓް މި އިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.
ވީމާ ދެންނެވިފައިވާ ތާރީހުގެ ކުރިން ރުއްގަހުގެ ވެރިފަރާތުން މަޢުލޫމާތު ހުށައަޅާފައިނުވާނަމަ އެތަކެއްޗަކީ ވެރިފަރާތްނެއް ތަކެތި ކަމަށްބަލާ އެ ބިމުގައިހުރި ރުއްގަސް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ޤާނޫނު ނަންބަރު 98/21 ގޯތިން ބޭރުގައި ރުއްގަސް އިންދުމާބެހޭ ޤާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މި ކައުންސިލްގެ ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެން ނެތް ވާހަކަ ދަންނަވަމެވެ.