ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/110
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 05 އޮކްޓޫބަރު 2021 12:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
41 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ މަސްވެރިންގެ ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިންނާއި މަސްވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން "މަސްވެރިންގެ ފޯރަމް" ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވަނީ ހަމަޖެހިފައެވެ. މިފޯރަމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާއަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދީ މި ސިނާޢަތުގައި ހުރިދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މިފޯރަމާއި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އަދި ދުވަހާއި ގުޅިގެން ކ. ގާފަރުގައި ބޭއްވޭ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ދަޢުވަތު، ކުޅުދުއްފުށީގެ 2 މަސްވެރިންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

މިފޯރަމްގައި ބައިވެރިވުމަށް އަތޮޅުތަކުން ވަޑައިގަންނަވާ މަސްވެރިންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދު މިނިސްޓްރީން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މަސްވެރިންނާއި މަސްވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 9531312 އަށް ނަމާއި އެޑުރެސް، މަސައްކަތްކުރާ ދޯނީގެ ނަމާއި އަދި ގުޅޭނެ ފޯން ނަންބަރ 05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 12:30 ގެކުރިން އެސް.އެމް.އެސް ކުރެއްވުން އެދެމެވެ.   

03 އޮކްޓޫބަރު 2021