ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 326/326/2021/95
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 04 ނޮވެންބަރު 2021 12:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރު ފަހިވެށި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުން

`

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ހިންނަވަރު، ދިވެހިރާއްޖެ.

ބިމާބެހޭ ޤާނޫނު ) ޤާނޫން ނަންބަރ 2002/01 ) ގެ 12 ވަނަ މާއްދާއާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ " ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ޤަވާއިދު " ގައިވާ ގޮތުގެ މަތިން ދިރިއުޅުމަށްޓަކައި ހިންނަވަރު ފަސްގަނޑުން 1575 އަކަފޫޓްގެ 200 ގޯތި ދޫކުރުމަށް ކައުންސިލްގެ ނަންބަރ 31/2020 ބައްދަލުވުމުން ވަނީ ނިންމާފައެވެ. މި 200 ގޯތި ހިމެނޭ ސަރަޙައްދުގެ ޗާޓް މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

ވީމާ، ގޯއްޗަށްއެދި ހުށަހަޅަން ބޭނުން ފަރާތްތަކުން، ފޯމުނަންގަވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަނގަޅަށް ފޯމު ފުރިހަމަ ނުކުރައްވަވާ ފަރާތްތަކުގެ ފޯމު ބާޠިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚާއި ވަގުތު

03 އޮކްޓޯބަރ 2021 އިން ފެށިގެން 04 ނޮވެމްބަރ 2021 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 12:00 އަށެވެ.

ފެކްސް އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ފޯމު ބަލައެއް ނުގަނެވޭއެވެ. ގޯއްޗަށް އެދޭ ފަރާތަށް ފޯމު ހުށަހަޅަން  ޙާޟިރުނުވެވޭނަމަ، ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޞަފަރް 1443

30 ސެޕްޓެމްބަރ 2021

30 ސެޕްޓެންބަރު 2021