ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ED/248/2021/68
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 22:29
ސުންގަޑި: 12 އޮކްޓޫބަރު 2021 13:15
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނިވެރިންގެ ހިޔާ ނެގުމަށް

މިރަށު ސްކޫލްގެ ހުޅަނގުފަރާތުގައި ބިނާކޮށްފައިވާ  ބެލެނިވެރިންގެ ހިޔާ ތައްޔާރުކުރެވިފައިވާ ގޮތުން އެބިނާގެ ފުރާޅުން ސްކޫލްގެ ހުޅަނގުފަރާތައް ވިއްސާރަ ދުވަސްވަރު ފެންއެޅި ހަޑިވަމުން ދިޔުމާއި، އަދި ބެލެނިވެރިންގެ ހިޔާ ހެދުމަށް ޖަހާފައިވާ ތަނބުތަކުން ސްކޫލްގެ ނަންޖެހުމަށް ޙާއްސަ ކުރެވިފައިވާ ތަނުގެ ދޭހައަށް ހުރަސް އެޅި ސްކޫލުގެ އިސްމަންޒަރު ހުތުރުވެ ހައިބަތަށް އުނިކަން އަންނަކަމަށް ބެލެނިވެރިންނާއި ސްކޫލަށް ޒިޔާރަތް ކުރައްވާ މެހެމާނުން ފާހަގަކުރަމުންގެންދާތީ، އިހަވަންދޫ ސްކޫލުން އެކަންކަން ހައްލުކޮށްދިނުމަށް އެދެމުންދާތީ ބެލެނިވެރިންގެ ހިޔާ ނެގުމުގެ މަސައްކަތް ކުރުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، އެ މަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 05 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 12 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

 

މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ބެލެނިވެރިންގެ ހިޔާ ނެގުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ސެޕްޓެންބަރު 2021