ޢާންމު މަޢުލޫމާތު
ނަންބަރު: GS-203/IUL/2021/16
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 05 އޮކްޓޫބަރު 2021 11:00
ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް

އިޢުލާން

 

 

ނަންބަރ: GS-203/IUL/2021/16

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ތާރީޚް: 30 ސެޕްޓެމްބަރ 2021

 

މަރާމާތު މަސައްކަތް:-

 

1-    ހޯލް އިމާރާތުގައި ހުރި 02 ކުލާސްރޫމުގެ ދޮރުތަށް ފޯރުކޮށްދިނުން

2-         ސްޕަވައިޒަރސް ރޫމްގެ ހުޅަނގު ބިތުގެ ބެރި ފަޅައިގެން ގޮސް ބެރި ނަގައި އަލުން ބެރިއެއް އެޅުން ފަރުނީޗަރު ހަލާކުވަމުން ދިއުން، މުށިތައް ފަޅައިގެން ގޮސްފައިވާތީ އަލުން މުށިޖެހުން.

3-         އަލަށް ހަދާފައިވާ އިމާރާތުގެ އެތެރެއަށް ( ގުދަނަށް) ފެންފައިބާތީ އެކަން ހައްލުކުރުން.

 

        ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  • މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 އޮކްޓޯބަރ 2021 އިން 05 އޮކްޓޯބަރ 2021 އަށް 9:00 އިން 12:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރުމަށް [email protected] އަށް އިޔުލާން ނަންބަރު ހިމަނައި ނަންނޯޓްކުރާ ފަރާތުގެ މައުލޫމާތު (ކުންފުނި/އިންވެސްޓްމަންޓްގެ ނަން، ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް) ފޮނުއްވުންއެދެމެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުށަހެޅުން އޮންނާނީ 10 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 11:00 ގައި ހޯނޑެއްދޫ ސްކޫލުގައެވެ.

         

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

 

 

           

ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް އަދި ދެވިފައިވާ ވަގުތަށް ހުށަނާޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހޯނޑެއްދޫ ސްކޫލް

ފޯން:  7983089

އީ-މެއިލް: [email protected]

 

 

30 ސެޕްޓެންބަރު 2021