ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)253/253/2021/76
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 05 އޮކްޓޫބަރު 2021 13:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މާރަންދޫ ކައުންސިލްގެ ކައުންސިލް އެސިސްޓެންޓް ގެ ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ނަތީޖާ ސީޓް (A2 ފޯމް)

އިޢުލާން

މިއިދާރާގެ ކައުންސިލް އެސިސްޓެންޓް ގެ މަގާމަށް މީހަކު ހޯދުމަށްޓަކައި 08 ސެޕްޓެމްބަރ 2021 ގައި މިއިދާރާއިން ކުރި، ނަންބަރ: x (IUL)253/253/2021/66 ގެ އިޢުލާނުގައިވާ ކައުންސިލް އެސިސްޓެންޓް ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 23 ޞަފަރު    1443

 30 ސެޕްޓެމްބަރ 2021

30 ސެޕްޓެންބަރު 2021