ދިވެހިރާއްޖެ
އިޢުލާން
ވީޑިއޯ އަދި އޯޑިއޯ ރިކޯޑްކުރާނެ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ވީޑިއޯ އަދި އޯޑިއޯ ރިކޯޑްކުރާނެ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި އޮތޯރިޓީގެ ނަންބަރު (IUL)221-ASS/221/2021/43 ( 20 ސެޕްޓެމްބަރ 2021 ) އިއުލާނާއި ގުޅިގެން މި އޮތޯރިޓީން ފޯރުކޮށްދީފައިވާ މައުލޫމާތާއި އެއްގޮތައް ) ސްޕެސިފިކޭޝަން ދިމާވާނެހެން ) އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ސެޕްޓެމްބަރ 29 ވާ ބުދަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރ 05 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް މި އޮތޯރިޓީއަށް ހާޟިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މައުލޫމާތުޝީޓް އީމެއިލް ކުރެވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
22 ޞަފަރު 1443