ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)221-ASS/221/2021/47
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 05 އޮކްޓޫބަރު 2021 10:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލެޕްޓޮޕާއި، ގްރީންސްކްރީން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ލެޕްޓޮޕާއި، ގްރީންސްކްރީން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ލެޕްޓޮޕާއި،ގްރީންސްކްރީން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ސެޕްޓެމްބަރ 29 ވާ ބުދަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރު 05 ވާ އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށް މި އޮތޯރިޓީއަށް ހާޟިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މައުލޫމާތުޝީޓް އީމެއިލް ކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          

                             22   ޞަފަރު      1443   

 

29 ސެޕްޓެންބަރު 2021