މަސައްކަތް
ނަންބަރު: (IUL)236-IED/236/2021/21
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 14 އޮކްޓޫބަރު 2021 10:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ އަތޮޅުކުރި އިމާރާތުގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

             މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަތޮޅުކުރި ޢިމާރާތުގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

             ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ގަޑި

ދުވަސް

ތާރީޚް

ތަން

ތަފްޞީލް

10:00

އަންގާރަ

05 އޮކްޓޯބަރ 2021

މ.އަތޮޅު ކައުންސިލްގެ އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

10:00

ބުރާސްފަތި

14 އޮކްޓޯބަރ 2021

މ.އަތޮޅު ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

 

            މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

29 ސެޕްޓެންބަރު 2021