ދިވެހިރާއްޖެ
ރަށުގެ ޢާންމުންނާއި ރަށަށް އަންނަ މެހުމާނުން ޕިކްނިކް ގޮސް އާއިލާއެކު އުފާވެރި ވަގުތު ހޮޅެއް ހޭދަކޮށްލުމަށްޓަކައި ރަށުގެ ހުޅަނގުކޮޅުގައި (ކުޑޭ މަގުގެ ދެކުނުން ފުނަގަސްތައް ހުރި ސަރަހައްދުގައި) ޕިކްނިކް އޭރިއާއެއް ތަރައްޤީކުރުމަށްޓަކައި ސާފުކޮށްފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެ އެވެ.
ވީމާ، ކަޅުކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން، ރުއްގަހުގައި ނަން އެޅުމަށްފަހު، 2021 އޮކްޓޫބަރު 06 ވާ ބުދަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިސްޓް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގައި ނަން އަޅާއި އިރު އިތުރު އެހެން ފަރާތެއްގެ ނަމެއް އަޅާފައިވާނަމަ އެ ނަމެއް ކަނޑާ ފޮހެ ނުހެދުން އެދެމެވެ.
އަދި ދަންނަވަމެވެ. މި ރުއްގަހުގެ ވެރި ފަރާތްތައް އެނގޭ އެހެން ފަރާތެއްވާނަމަ އެ ކަން މި އަކުންސިލަށް އަންގަވާދެއްވުން އެދެމެވެ.