ދެންނެވުން
ނަންބަރު: (IUL)384-A/2021/55
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:46
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.މަޑިފުށިން ބަންޑާރަ ގޯތި ދޫކުރުމަށް ޢަމަލުކުރާނެ އުޞޫލަށް ބަދަލުގެނައުމާއި ގުޅޭ

2021 ޖޫން 28 ވަނަ ދުވަހު ކުރެވުނު މި އިދާރާގެ (ނަންބަރު: IUL)384-A/2021/31)) އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލުކުރާނެކަމަށް ޢާއްމުކުރެވިފައިވާ ''ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލްކުރާނެ އުޞޫލު'' ގެ ބައެއް ބައިތަކަށް ވަނީ ބަދަލުގެނެވިފައެވެ. މިގޮތަށް ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ މި ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާއާއި 18 ވަނަ ޖަލްސާއިންނެވެ. މި ގޮތުން ގެނެވިފައިވާ ބަދަލުތައް ތިރީގައި މި ދަންނަވަނީއެވެ.

 

އުޞޫލުގެ ޕޮއިންޓް ދިނުމުގެ މިންގަނޑުގެ 2 ވަނަ ބަޔަށް (އުމުރުގެ ބަޔަށް) ގެނެވުނު ބަދަލު؛

 

(ހ) ޢުމުރުން 18 އަހަރާއި 25 އަހަރާ ދެމެދު ނަމަ (އުމުރުބަލާނީ ގޯތި ދޫކުރުމަށް އިޢުލާންކުރާ ތާރީޚާއި ހަމައަށް)

03 ޕޮއިންޓް

(ށ) ޢުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދުނަމަ (އުމުރުބަލާނީ ގޯތި ދޫކުރުމަށް އިޢުލާންކުރާ ތާރީޚާއި ހަމައަށް)

05 ޕޮއިންޓް

(ށ) ޢުމުރުން 35 އަހަރުން މަތިނަމަ (އުމުރުބަލާނީ ގޯތި ދޫކުރުމަށް އިޢުލާންކުރާ ތާރީޚާއި ހަމައަށް)

07 ޕޮއިންޓް

 

އުޞޫލުގެ ޕޮއިންޓް ދިނުމުގެ މިންގަނޑުގެ 5 ވަނަ ބަޔަށް (ރަށްވެހިކަމުގެ ބަޔަށް) ގެނެވުނު ބަދަލު؛

 

(ހ) ރަށުގެ ރަށްވެއްސެއްނަމަ

15 ޕޮއިންޓް

(ށ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ރަޖިސްޓްރީވެފައިވާތާ 1 އަހަރު ނުވާނަމަ. (ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަމްބަރ 5ގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓެއް ނުލިބޭނެ)

05 ޕޮއިންޓް

(ށ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ރަޖިސްޓްރީވެފައިވާތާ 1 އަހަރާއި  5 އަހަރާއި ދެމެދު ނަމަ. (ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަމްބަރު 5ގެ (ހ) ގައި ބަޔާންކޮށްފައިވާ ޕޮއިންޓެއް ނުލިބޭނެ)

08 ޕޮއިންޓް

(ނ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވާނަމަ. (ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަމްބަރު 5ގެ (ހ) ގައި ބަޔާންކޮށްފައިވާ ޕޮއިންޓެއް ނުލިބޭނެ)

12 ޕޮއިންޓް

(ރ) ރަށުގެ ރަށްވެއްސަކަށްވެ ދާއިމީކޮށް ރަށުގައި ދިރި އުޅޭނަމަ. (މި ބަޔަށް މާކްސް ލިބޭނީ ދާއިމީކޮށް ރަށުގައި ދިރިއުޅޭކަން އެނގޭނެ ކައުންސިލްގެ ލިޔުން ހުށަހަޅާ ފަރާތްތަކަށް.)

05 ޕޮއިންޓް

 

އުޞޫލުގެ "ގޯތި ލިބޭނެގޮތް" ކަމަށް ކަނޑައަޅާފައިވާ ބަޔަށް ގެނެވުނު ބަދަލު؛

 

ގޯތި ލިބޭނެގޮތުގެ 2 ވަނަ ޕޮއިންޓުގައި ބަޔާންކޮށްފައިވާ "ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބިގެން" ކަމަށް ބަޔާންކޮށްފައިވާ ޕޮއިންޓް އުނިކޮށް، ފޯރމު ހުށައެޅުމުގެ ޝަރުތުހަމަވެ، ފޯރމު ހުށައަޅާ ހުރިހާ އެންމެނަށްވެސް ގޯއްޗަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް ނިންމުނެވެ.

 

މި ކަންކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6780034 ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ސެޕްޓެންބަރު 2021