ދެންނެވުން
ނަންބަރު: (IUL)384-A/2021/54
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 14 އޮކްޓޫބަރު 2021 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.މަޑިފުށިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލާފައިވާ މުއްދަތު، އިތުރުކުރުމާއި ގުޅޭ

2021 ޖޫން 28 ވަނަ ދުވަހު ކުރެވުނު މި އިދާރާގެ (ނަންބަރު: IUL)384-A/2021/31)) އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް މިހާރު ދެވިފައިވާ މުއްދަތު އިތުރުކުރުމަށް މި ކައުންސިލްގެ 4 ވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން މި އިދާރާގެ IUL)384-A/2021/31) ނަންބަރު އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 2021 އޮކްޓޯބަރު 14 ވާ ބުރާސްފަތި ދުވަސް ކަމުގައި ދަންނަވަމެވެ. އަދި ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެވެސް 9:00 އިން 13:00 އަށް ކަމުގައި ދަންނަވަމެވެ.

މި ކަންކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6780034 ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ސެޕްޓެންބަރު 2021