ޢާންމު މަޢުލޫމާތު
ނަންބަރު: DHC/IUL/2021/24
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 06 އޮކްޓޫބަރު 2021 13:00
ދިއްފުށީ ޞިއްޙީ މަރުކަޒު، ކ. ދިއްފުށި
ދިވެހިރާއްޖެ
ތަރުޖަމާނު

 

`

 

 

ދިއްފުށީ ޞިއްޙީމަރުކަޒު

  ކ.ދިއްފުށި     

                                                       ނަންބަރު: DHC/IUL/2021/24  

އިޢުލާނު

 

މަޤާމު:

ތަރުޖަމާނު

މަޤާމުގެ ނަންބަރު:

J-253956

ބޭނުންވާ އަދަދު:

 1(އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. ދިއްފުށީ ޞިއްޙީމަރުކަޒު / މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސަރވިސް ޔުނިޓް

މުސާރަ:

4465/- ރުފިޔާ

ސަރވިސް އެލަވަންސް:

1500/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިންގ ކޯ އަލަވަންސް 2 ގެ ގޮތުގައި މަހަކު  700/- ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްހީމަރުކަޒުގެ ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހާ ފަރާތްތަކަށް އެއްވެސް ތަފާތު ކުރުމެއްނެތި ހިންހެޔޮކަމާއި، ހިޚްތިރާމާއިއެކު މަރުކަހަބާކިޔާ ޙިދުމަތްތެރި ގޮތެއްގައި ހިދުމަތްދިނުން.
  2. ބަލިމީހާގެ އިހުސާސްތަކަށް ކަމޭހިތުމާއިއެކު، ބަލިމީހާގެ ވާހަކަތައް ޑޮކްޓަރަށް އަދި ޑޮކްޓަރުގެ ވާހަކަތައް ބަލިމީހާއަށް އަމާނާތްތެރިކަމާއިއެކު ކިޔާދީ ވަރަށް ރަނގަޅަށް އޮޅުންފިލުވާ ދިނުން އަދި ބަލިމީހާގެ އެންމެހާ ވާހަކަތަކަށް އަމާނާތްތެރިވެ އެވާހަކަތަކަކީ އަމިއްލަ ސިއްރެއް ގޮތުގައި ދެކި އިތުބާރު ދެމެހެއްޓުން.
  3. ރަސްމީގަޑި އާއި އިތުގަޑީގައި ޞިއްޚީމަރުކަޒު ހުޅުވަން ޖެހިއްޖެނަމަ ހުޅުވުމާއި އެމެޖެންސީގައިވެސް މަރުކަޒު ހިންގަވަން ހުންނަވާ ވެރިޔަކަށް އެހީތެރިވުން.
  4. ޑޮކްޓަރު ކޮޓްރިއަށް އަބަދުވެސް ތަކެތި ހަމަތޯ ބަލާ ޖެކުކުރުމާއި، ޑޮކްޓަރ ކޮޓްރިއަށް ބޭނުންވާ ލިޔެކިއުންތައް ކޮޕީ ނެގުމާއި ލިޔުންތައް ތައްޔާރުކުރުން.
  5. ޑެއިލީސަރވެއަލެންސް އަދި ވީކުލީސަރވެއަލެންސް ރިޕޯޓްތައް ފޮނުވުން.
  6. ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަރވައިޒްކުރުން.
  7. ގަޑިއަށް ހާޟިރުވުމާއި މަރުކަޒުން ހެދިފައިވާ ޤަވާއިދުތަކަށް ބޯލެނބުމާއި ފޯން ކޯލުތަކަށް ރިވެތި ބަހުން ޖަވާބުދާރީވުމާއި އެކި އެކި ބޭނުންތަކުގައި މަރުކަޒަށް ޒިޔާރަތްކުރާ މީހުންނާއި ރިވެތި ބަހުން ހިންހެޔޮކަމާއި އެކު ވާހަކަ ދައްކާ ބޭނުން ޙިދުމަތެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުން.
  8. ރަސްމީ ދުވަސްތަކާއި ގަޑިތައް ފިޔަވާ، އިތުރު ގަޑީގައި މަރުކަޒުގެ މަސައްކަތަށް ނިކުތުމަށް އަންގައިފިނަމަ ފަސްނުޖެހި ނިކުމެ ޑިއުޓީ ކުރުން.
  9. ރަށުގައި ބަލިމަޑުކަމެއް ފެނިއްޖެނަމަ ޞިއްހީމަރުކަޒުން ހިންގަވާ ކަންތައްތަކުގައި ބާވެރިވެ އުޅުން.
  10. ގަޑިއަށް ސަމާލިކަން ދިނުމާއި، ޞިއްހީމަރުކަޒުން ހެދިފައިވާ ޤަވާއިދުތައް، ތަންފީޒުކުރުމަށާއި ދެމެހެއްޓުމުގައި އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން.
  11. މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލޭފަދަ އެއްވެސް ވާހަކައެއް ނުދެއްކުމާއި، މަރުކަޒުންދެވޭ ހިދުމައްތަކާއި ބެހޭގޮތުންއަދި މުވައްޒަފުން ބަދުނާމުވާ ޒާތުގެ އެއްވެސް ވާހަކައެއް ނުދެއްކުމާއި އެފަދަ ކަމެއް ނުކުރުން. (އެގޮތަށް ދިމާވާ ކަންކަމުގައި މަރުކަޒުގެ އިސްވެރިންނާއި މަޝްވާރާކުރުން)
  12. ޞިއްހީމަރުކަޒުގައި ކުރެވޭ އެކިއެކި މަސައްކަތުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ އަމަލީގޮތުން ބާވެރިވުން.
  13. ޞިއްހީމަރުކަޒުން ހިންގޭ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި އަމަލީ ގޮތުން ބާވެރިވުމާއި، މުވައްޒަފުންގެ މެދުގައި ހިންގޭ އެކި އެކި ހަރަކާތްތަކުގައި އިސްނެގުމާއި ބާވެރިވުން އަދި ޞިއްހީމަރުކަޒުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  14. ތަނުގެ މުވައްޒަފުންނަށް އަންނަ ބަދަލުތަކާއި ގުޅިގެން މަރުކަޒު ހިންގެވުމާއި ހުންނަވާ ވެރިޔަކު ހަވާލުކުރައްވާ މަސައްކަތެއް ފަރުވާތެރިކަމާއި އެކު އަންގަވާ އުސޫލަކުން ކޮށް ނިންމުން.
  15. ތަނުގެ މަސައްކަތުގެ މާހައުލަށް އަންނަ ބަދަލަކާއި ގުޅިގެން ރަސްމީކޮށް ހަވާލުކުރާ މަސައްކަތެއް އެ މަސައްކަތް އެހެންމީހަކަށް ރަސްމީކޮށް ބަދަލުނުކުރާހާ ހިނދު ޤަވާއިދާ އެއްގޮތަށް ފަރުވާތެރިކަމާއި އެކު ކުރުން.
  16. ސިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

 މަޤާމުގެ މަސައްކަތާ ގުާޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާ

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ތައުލީމީ ރޮނގުތައް:

 

ޕްރިޕަރޑް ޑިސިޕްލިން:

ނެތް

ކޯ ޑިސިޕްލިން:

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮކްޓޯބަރ 2021 ގެ 13:00 ގެ ކުރިން، ކ. ދިއްފުށީ ޞިއްޙީމަރުޒަށްށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 12 އޮކްޓޯބަރ 2021 އާއި 17 އޮކްޓޯބަރ 2021 އާ ދެމެދު، ކ. ދިއްފުށީ ޞިއްޙީމަރުކަޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640645 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ސެޕްޓެމްބަރ 2021

21 ޞަފަރު 1443

 

28 ސެޕްޓެންބަރު 2021