ކުއްޔަށް ހިފުން
ނަންބަރު: Tradenet-CS/T/2021/05
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 02 އޮކްޓޫބަރު 2021 14:00
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާގުޅޭ

މި ކުންފުނި ހިންގުމަށްޓަކައި ތިރީގައި ދެންނެވިފައި އެވާ ރިކުއަޔަމަންޓާއި އެއްގޮތަށް 5 އަހަރު ދުވަހަށް، 5000 އާއި 6000 އަކަފޫޓުގެ އޮފީސް ޖާހައެއް ވަރަށް އަވަހަށް ހޯދުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރަސަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުން ފެށިގެން  02 އޮކްޓޯބަރު 2021 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 އޮކްޓޯބަރު 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ހ. ޕަލްމޭރަ، 3 ވަނަ ފަންގިފިލާ، ސޯސަންމަގު) ގައެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

28 ސެޕްޓެންބަރު 2021