ބީލަން
ނަންބަރު: (IUL)271-ESMS/271/2021/37
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 14 އޮކްޓޫބަރު 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ އިމާރާތްތައް ކުއްޔަށް ދޫކުރުން

އިޢުލާން

ރައްޔިތުންގެ އިމާރާތްތައް ކުއްޔަށް ދޫކުރުން

 

 

             މިއިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ މިދަންވާ ރައްޔިތުންގެ އިމާރާތްތައް 10 އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޝަތު ހުޅުވާލަމެވެ.

ކުއްޔަދިނުމަށް ހަމަޖެހިފައިވާ އިމާރާތްތަކުގެ ތަފްޟީލް

ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން ( އަކަފޫޓް)

ކުއްޔަށް ދޫކުރާ އިމާރާތް / ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު

ކުއްޔަށް ދެވޭ އިމާރާތް / ބިމުގައި ކުރެވޭނެކަންކަން

ކުއްޔަށް ދޫކުރާ ތަނުގެ ނަން

#

3650 އަކަފޫޓް

އަކަފޫޓަކަށް 1 ރުފިޔާ

(އެކިއެކި ވިޔަފާރި ކުރުމަށް، ހޮޓާ ރެސްޓޯރަންޓް)

އައިސްޕްލާންޓް ހިންގި އިމާރާތާއި ގޯތި

1

1556 އަކަފޫޓް

އަކަފޫޓަކަށް 0.75 ލާރި

އެކިއެކި ވިޔަފާރި ކުރުމަށް، ހޮޓާރެސްޓޯރަންޓް،

ރައްޔިތުންގެ ބައުއިންޖީނުގެ ގޯތި އުތުރުބިން

2

ވީމާ، ދެންނެވުނު އިމާރާތާއި ބިން ކުޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ބީލަންފޯމް ހުށަހެޅުމަށް ދެންނެވީމެވެ.

ބީލާމުގައި ރަޖިސްޓްރީވުން:                                                              

  • ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީވުމަށްޓަކައި " ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިޔުމެޓްގެ އަގަކީ ބިމަކަށް 250ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިޔުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 ސެޕްޓެމްބަރ 2021 (ބުދަ) ދުވަހުން ފެށިގެން 07 އޮކްޓޫބަރ 2021 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00އަށް ކައުންސިލް އިދާރާއަށެވެ. މި މުއްދަތުގެ ތެރޭގައި އީމެއިލް މެދެވެރިކޮށް ފޯމް ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
  • މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބައްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • އިމާރާތްތަކާއި ބިން ކުއްޔަށް ދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ހުށަހެޅުން:

  • ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 14 އޮކްޓޯބަރ 2021( ބުރާސްފަތި) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ޢިޢުލާން ނަމްބަރާއި ކޮންކަމަކަށް ހުށަހަޅާ ޕްރޮޕޯޒަލްއެއްކަން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

21 ޞަފަރު 1443

28 ސެޕްޓެމްބަރ 2021

28 ސެޕްޓެންބަރު 2021