މަސައްކަތް
ނަންބަރު: 22-EDF/22/2021/277
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި:
01 އޮކްޓޫބަރު 2021 23:55
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެދުރުވެހި ޢިމާރާތުގައި ކުލަލުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ވިލިމާލެ އެދުރުވެހި ޢިމާރާތުގައި ކުލަލުމާއި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ސެޕްޓެންބަރު 27 އިން 2021 އޮކްޓޫބަރު 1 އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/ct7dhi9BwECoAsGg8
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް 2021 އޮކްޓޫބަރު 2 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި ވިލިމާލެ، އެދުރުވެހި އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮކްޓޫބަރު 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/10,000 (ދިހަހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- ބިޑް ސެކިއުރިޓީ ފައިސާ އޮންލައިންކޮށް (ބަނޑޭރި-ޕޭ ސިސްޓަމް މެދުވެރިކޮށް) ފައިސާ ދައްކާނަމަ ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެ އެ ބައްދަލުވުމުން ވަކިވެގެން ދިއުމުގެ ކުރިން އެ ފައިސާ ދައްކައި ނިންމަންވާނެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ
ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341193,3341194
އީ-މެއިލް: [email protected]
ކޮޕީ-މެއިލް [email protected]
27 ސެޕްޓެންބަރު 2021