ބީލަން
ނަންބަރު: (IUL)425-A2/1/2021/230
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 04 އޮކްޓޫބަރު 2021 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބަލަހައްޓަމުން ގެންދާ ޖުމްހޫރީ މައިދާނުގައި ގަސް ހެއްދުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ،

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބަލަހައްޓަމުން ގެންދާ ޖުމްހޫރީ މައިދާނުގައި ގަސް ހެއްދުމަށް ބޭނުންވާ، ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

-          40 ރޯލް ސަން ނެޓް %75 (50 މީޓަރ – ފެހި / ކަޅު)

-          1000 ބަސްތާ ބޮނބިކުނޑި (20 ކިލޯ)

-          1000 ބަސްތާ ޔުނިގްރޯ (20 ކިލޯ)

-          15 ބަސްތާ ޔޫރިއާ (50ކިލޯ)

-          02 ބަސްތާ އަލްބަޓް ސޮލިއުޝަން (1 ކިލޯ)

-          20 ކޭސް 2020 (2.5 ކިލޯ - 8 ޕެކެޓް)

-          10 ރޯލް ފެންޖަހާ ހޮޅި (ނޫކުލަ ، 100 މީޓަރ)

 

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އާއްމު ޚިދުމަތްތަކާބެހޭ ބަޔަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

 

ތާރީޚް

ގަޑި

ތަން

ބީލަން ރެޖިސްޓަރ ކުރުން

03 އޮކްޓޯބަރ 2021 (އާދީއްތަ)

14:00 ގެކުރިން

ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަކުރެއްވުމަށްފަހު އީމެއިލްއަށް މެއިލް ފޮނުއްވުން [email protected]

މަޢުލޫމާތު ސާފުކުރުން

04 އޮކްޓޯބަރ 2021 (ހޯމަ)

10:00

 ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި

އަގު ހުށަހެޅުން

07 އޮކްޓޯބަރ 2021 (ބުރާސްފަތި)

10:00

 ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި

  • ބީލަމުގައި ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: [email protected] އަށް ކަނޑައެޅިފައިވާ ގަޑީގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރެޖިސްޓަރވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 03 އޮކްޓޯބަރ 2021 އާދީއްތަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  • މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: 

-        މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: [email protected]

 

20 ޞަފަރު 1443

27 ސެޕްޓެމްބަރ 2021

 

27 ސެޕްޓެންބަރު 2021