ދިވެހިރާއްޖެ
މި ޓްރައިބިއުނަލަށް 03 ސައުންޑް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު:200-VTR/IU/2021/22 (14 ސެޕްޓެމްބަރ 2021) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތުގެ ޝަރުތު ހަމަނުވާތީ އެއިއުލާން ބާތިލުކުރަމެވެ. އަދި މިޓުރައިބިއުނަލަށް ބޭނުންވާ 02 ސައުންޑް ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު 13:30 (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ޓްރައިބިއުނަލްގެ 3027836 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.