ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2021/42
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:19
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަގުހުށަހަޅާ ނީލަމުގައި ފުނަގަސް ތަކެއް ވިއްކާލުމަށް

މީހުންދިރިއުޅޭ ސަރަހައްދުގައި (ދެތަނޑިމާގެ އާއި ސީސަންގޭގެ އިރުން ) ހުރި ފުނަގަސްތަކެއް އަގުހުށަހަޅާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

1. 1 ގަސް ފުނަ

ފަލަމިނުގައި : 1750 މިލި މީޓަރ

ނީލަންފެށޭ އަގު: 1000.00 ( އެއްހާސްރުފިޔާ )

2. 1 ގަސްފުނަ

ފަލަމިނުގައި : 1350 މިލި މީޓަރ

ނީލަންފެށޭ އަގު: 500.00 ( ފަސްސަތޭކަ ރުފިޔާ )

3. 1 ގަސްފުނަ ( ދެއަތްޕަށް ހެދިފައި ހުރި )

ފަލަމިނުގައި: 2870 މިލި މީޓަރ

ނީލަންފެށޭ އަގު: 2000.00 (ދެހާސްރުފިޔާ )

4. 1 ގަސްފުނަ

ފަލަމިނުގައި: 1900 މިލި މީޓަރ

ނީލަންފެށޭ އަގު: 1000.00 ( އެއްހާސްރުފިޔާ )

5. 1 ގަސްފުނަ

ފަލަމިނުގައި: 2240 މިލި މީޓަރ

ނީލަންފެށޭ އަގު: 2500.00 ( ދެހާސް ފަސްސަތޭކަ ރުފިޔާ )

 

        ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މިތަކެތި ބައްލަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކައުންސިލްގެ އިދާރާއަށް އަގު  ހުށައެޅުއްވުން އެދެމެވެ. ހުށަހެޅޭ އެއްމެ މަތީ އަގު ޖެހިގެންއަންނަދުވަހު މިއިދާރާގެ ނޯޓިސް ބޯޑުންނާއި ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެ.

        އަގު ހުށައަޅުއްވާނީ ކޮންމެ ގަހަކަށް ވަކިންނެވެ. އަދި ކޮންމެ ގަހަކަށްވެސް ނީލަން ހުށަހަޅާ އަގަށްވުރެ މަދުވެގެން އިތުރު ކުރެވޭނީ 500.00 (ފަސްސަތޭކަ) ރުފިޔާ އެވެ. މިގަސްތަކުގެ ނީލަމުގައި ޖެހިޖެހިގެން 3 (ތިނެއް) ދުވަހު އެއް އަގެއް ހުށަހެޅިފައި އޮތްނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.  ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު 15 ދުވަހުގެ ތެރޭގައި ގަސްތައްނަގާ ބިންސާފުކުރަން ވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނުވަތަ ތަކެތި ނުނަންގަވައިފިނަމަ ނީލަން ބާޠިލުކޮށް އަލުން މިތަކެތި ނީލަމަށް ލެވޭނެކަމާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަކަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވަން ނުވަތަ މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ނުވަތަ 6580069 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުއެދެމެވެ. އަދި   [email protected]  އަށް މެއިލް ކުރެއްވުމުން ވެސް މައުލޫމާތު ސާފުކޮށް ދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

27 ސެޕްޓެންބަރު 2021