ތަމްރީނު
ނަންބަރު: (IUL)177/177/2021/2
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 21 އޮކްޓޫބަރު 2021 13:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އިސްމައިލިއްޔާ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެންޑް އާޓްސް، ސެޝަން ޓްވެންޓީ" ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން މި އަހަރުގެ އޮކްޓޫބަރ މަހުގެ 24 ން 30 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ގްރޫޕްގައި އެންމެ ގިނަވެގެން ހިމެނޭނީ 12 މެމްބަރުން ކަމަށާއި   މިގްރޫޕްގެ މެމްބަރުންގެ ކެއުމާއި ހުރުން އަދި އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސަވައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް [email protected] އަށް މެއިލް ކުރައްވާ [email protected].mv އަށް ކޮޕީ ކުރެއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667  ނަންބަރު ފޯނަށެވެ.

27 ސެޕްޓެންބަރު 2021