ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-AHRI/225/2021/26
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 15 އޮކްޓޫބަރު 2021 00:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލަށް ސިއްކައެއް ފަރުމާ ކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ މި މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ކަންކަމަށް ވިސްނަވައިގެން ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިއްކަ ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ . އެއްވަނަ އަށްހޮވޭ ސިއްކައަކަށް އިނާމެއްގެ ގޮތުގައި -/5000 ރުފިޔާ ( ފަސްހާސް ) ލިބިވަޑައި ގަންނަވާނެއެވެ.

ސިއްކާގައި ހުންނަވާނެ ބައިތައް

  1. ސިއްކަ ހުންނަންވާނީ މި އިދާރާގެ ތީމު ކުލަ ކަމަށްވާ '' ފެހި '' ކުލާގައެވެ.
  2. ސިއްކައިން ރަމުޒުކޮށް ދޭންވާނީ ހއ. އަތޮޅަށް ނިސްބަތްވާ، ތާރީޚީ ނުވަތަ ޤަދީމީ ޒަމާނެއްގައި ބޭނުންކުރަމުންދިޔަ ނުވަތަ ބޭނުން ކޮށްފައިވާ ކޮންމެވެސް އެއްޗެއް ނުވަތަ ތާރީޚީ ތަރިކައެކެވެ.
  3. އެބޭފުޅަކު ތައްޔާރުކުރެއްވި ސިއްކައަކާ ބެހޭގޮތުން ކުރު ތަޢާރަފެއް ދޭންވާނެއެވެ.
  4. ކަޅުއޮށްފުންމީގެ ނަމޫނާ ބޭނުން ކުރައްވައިގެން ސިއްކަ ފަރުމާ ކުރެވިދާނެއެވެ.
  5. ތައްޔާރު ކުރައްވާ ސިއްކައަކީ އެހާ ފާޅުކަން ބޮޑު ލޯގޯއަކާ ސިފަވެގެން ނުވާނެއެވެ.
  6. ސިއްކައަކީ ރަމްޒީ އެއްޗަކަށްވާތީ، ސިއްކަ ފަރުމާ ކުރެވިފައި ހުންނަންވާނީ ވީހާވެސް ފަސޭހައި ކޮންއެޗެއްކަން ދެނެގަނެވޭނެ ގޮތަކަށެވެ.
  7. ސިއްކައިގައި '' ހއ. އަތޮޅު ކައުންސިލް '' މިގޮތަށް ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން ލިޔަންވާނެއެވެ.
27 ސެޕްޓެންބަރު 2021