ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
01- މިކައުންސިލް އިދާރާއަށް 08 ޑެސްކްޓޮޕް ކޮމްޕިއުޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއިިބެހޭ މުހިންމު މައުލޫމާތު
02- ރަޖިސްޓްރީ ކުރުން: 28 ސެޕްޓެމްބަރ 2021 ) އަންގާރަ ) ދުވަހުން ފެށިގެން 03 އޮކްޓޯބަރ 2021 ( އާދީއްތަ ) ދުވަހުގެ 13.00 އަށް.
03- މަޢުލޫމާތު ދިނުން: ރަޖިސްޓްރީ ކުރައްވަމުން ގެންދަވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށް ދެވޭނެއެވެ.
04- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
ބީލަން ހެށަހެޅުން
05- ސުންގަޑި: 13 އޮކްޓޯބަރ 2021 ( ބުދަަަ ) ދުވަހުގެ 13.00 އަށް
06- ސުންގަޑީގެފަހުން އަންނަ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
07- ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
08- ބީލަން ހުށަހަޅުއްވާނީ މާލެއަތޮޅު އަތޮޅު އަަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.
20 ޞަފަރު 1443
27 ސެޕްޓެމްބަރ 2021