ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)226-F/PRIV/2021/31
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:39
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޚިދުމަތަށް ހުށަހަޅާފައިވާ ފޯމްތައް ބާޠިލު ކުރުން

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއަށް އެދި 31 ޑިސެމްބަރ 2020 ގެ ނިޔަލަށް މި އިދާރާއަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ކެޓަގަރީތަކަށް ފެތޭ ފޯމްތައް އަދި ލައިސަންސް ކާޑުތައް 31 އޮކްޓޯބަރ 2021 ގައި ބާޠިލްކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި އަލުން އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޚިދުމަތަކަށް އެދެވޭނީ ފޯމާއެކު އެ ޚިދުމަތަކަށް ކަނޑައެޅިފައިވާ ފީ ދައްކައިގެން ކަމުގައިވެސް ދަންނަވަމަވެ.

  • އެއްގަމު ލައިސަންސް ތިއަރީ ޓެސްޓް ހެދުމަށް ފައިސާ ދެއްކުމަށްފަހު ތިއަރީ ހެދުމަށް ހާޟިރުވެފައިނުވާ ފަރާތްތަކުގެ ފޯމްތައް އަދި ތިއަރީ ޓެސްޓުން ފެއިލްވުމުން އަލުން ޓެސްޓް ހަދަން ހާޟިރުވެފައިނުވާ ފަރާތްތަކުގެ ފޯމްތައް
  • އެއްގަމު ލައިސަންސް ކާޑަށް ގިންތި އިތުރުކުރުމަށް ފައިސާ ދެއްކުމަށްފަހު ޕްރެކްޓިކަލްއަށް ހާޟިރުވެފައިނުވާ ފަރާތްތަކުގެ ފޯމްތައް
  • ޕްރެކްޓިކަލް ޓެސްޓް ހެދުމަށްފަހު ލައިސަންސް ކާޑު ހެދުމަށް ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ފޯމްތައް
  • 31 ޑިސެމްބަރު 2020 ގެ ނިޔަލަށް ހަދާފައިވާ އެއްގަމު ލައިސަންސް ކާޑާއި ޙަވާލުނުވެ ހުރި ފަރާތްތަކުގެ ކާޑުތައް

މި ފޯމްތައް ބާޠިލްކުރެވޭ ތާރީޚްގެ ފަހުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތަށް އެދޭނަމަ އަލުން ތިއަރީ ޓެސްޓް އަދި ޕްރެކްޓިކަލް ހެދުމުން ނޫނީ ލައިސަންސް ކާޑު ހައްދައި ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް 31 އޮކްޓޯބަރ 2021 ގައި ބާޠިލްކުރެވޭ އެއްގަމު ލައިސަންސް ކާޑުތައް، ފޯމް ސެޓް ހަމަކޮށް ލައިސަންސް ކާޑު ހެއްދުމަށް ފައިސާ ދެއްކުމުން އިތުރު ޓެސްޓަކާއި ނުލައި، އަލުން ހައްދައިދެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ނަންބަރު 6521647، 6521685 އާއި  ގުޅުއްވުން އެދެމެވެ.

27 ސެޕްޓެންބަރު 2021