ދިވެހިރާއްޖެ
މި ޔުނިވަރސިޓީގެ ނަންބަރ IUL)170-HR/170/2021/114) (23 ސެޕްޓެންބަރ 2021) އިއުލާނަށް އިސްލާހެއް ގެންނަން ޖެހުމާ ގުޅިގެން އެ ޢިއުލާނު ބާތިލް ކޮށް އަލުން ޢިއުލާނު ކުރަމެވެ.
މަޤާމް: ޑީން (ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނަތް)
މަޤާމުގެ ކްލެސިފިކޭޝަން: އެކަޑެމިކް
ބޭނުންވާ ޢަދަދު: 1
މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
- ކުއްލިއްޔާތަކާއި ސެންޓަރުތަކުގެ ޑީނުން ގެ މުސާރައާއި އެލަވަންސް ކަނޑައެޅޭނީ ޔުނިވަރސިޓީގެ ފަންނީ އޮނިގަނޑަށް އެމީހަކު ފެތޭ ހަރުފަތެއްގެ މައްޗަށެވެ.
މަޤާމު |
ގްރޭޑް / ސްޕައިން ޕޮއިންޓު |
ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޑީން (ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނަތް) |
ADG8/48
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 47 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ 2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން. |
16143.91 ރުފިޔާ |
6918.82 ރުފިޔާ |
ADG8/47 |
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 46 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ 2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން. |
15695.25 ރުފިޔާ |
6726.56 ރުފިޔާ |
|
ADG8/46 |
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު 4 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. |
15246.00 ރުފިޔާ |
6534.00 ރުފިޔާ |
|
ADG7/45 |
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 44 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ 2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން. |
14957.05 ރުފިޔާ |
6410.17 ރުފިޔާ |
|
ADG7/44 |
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 43 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ 2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން. |
14502.66 ރުފިޔާ |
6215.42 ރުފިޔާ |
|
ADG7/43 |
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 42 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ 2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން. |
14049.17 ރުފިޔާ |
6021.08 ރުފިޔާ |
|
ADG7/42 |
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 41 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ 2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން. |
13594.62 ރުފިޔާ |
5826.27 ރުފިޔާ |
|
ADG7/41 |
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 40 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. ނުވަތަ 2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން. |
13141.29 ރުފިޔާ |
5631.98 ރުފިޔާ |
|
ADG7/40 |
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު 3 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން |
12687.50 ރުފިޔާ |
5437.50 ރުފިޔާ |
- ޓެނުއަރޝިޕް އެލަވަންސް: މި އެލަވަންސް ދެވެނީ ކިޔަވާ ދަރިވަރުންނަށް ނިސްބަތް ކޮށެވެ. ޓެނުއަރޝިޕް އެލަވަންސާ ގުޅޭ މަޢުލޫމާތު ޔުނިވަރސިޓީގެ "ޑީނުން އައްޔަނުކުރާ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/deans-policy/ ލިބިވަޑައިގަންނަވާނެއެވެ.
- ފޯން އެލަވަންސް: މަހަކު 500/- ރުފިޔާ
ތަޢުލީމީ ޝަރުޠުތައް:
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވުމާ އެކު، މި ސަނަދު ނުވަތަ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ޙާޞިލު ކުރުމުގައި ޤުރްއާން ނުވަތަ ސުންނަތާ ގުޅުންހުރި ޢިލްމު ޙާޞިލު ކޮށްފައިވުން.
ތަޖުރިބާ:
މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނެޖްމަންޓް ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނޭނެއެވެ. އަދަދުކުރުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.
އިތުރު މަޢުލޫމާތު:
- މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ޔުނިވަރސިޓީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
މަޤާމުގެ މަސްއޫލިއްޔަތާއި މަޤާމާއި ގުޅޭ ބައެއް މަޢުލޫމާތު ޔުނިވަރސިޓީގެ "ޑީނުން އައްޔަނުކުރާ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/deans-policy/ ލިބިވަޑައިގަންނަވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
- މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 05 އޮކްޓޫބަރ 2021 ވަނަ ދުވަހުގެ 23:59 އަށެވެ. ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މިވާ ލިންކް ބޭނުންކޮށްގެންނެވެ.
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
- މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން ކުއްލިއްޔާ ކުރިއަރުވާ ހިންގާނެ ގޮތުގެ ތަސައްވަރެއް ޕްރެޒެންޓޭޝަނުގެ ސިފައިގަ ހުށަހަޅާދޭންޖެހޭނެއެވެ. އެހެންކަމުން ޕްރެޒެންޓެޝަނާއި ގުޅޭ އިތުރު މައުލޫމާތު ދުރާލާ ކެންޑިޑޭޓުންނާއި ހިއްސާކުރެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 10 އޮކްޓޫބަރ 2021 އިން 10 ނޮވެންބަރ 2021 އާ ދެމެދުގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ އުނިވަރސިޓީގައެވެ.
- ކޮވިޑް-19 ގެ ހާލަތާއިގުޅިގެން އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި އުނިވަރސިޓީ އިން އަންގާނެއެވެ.
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.