މަސައްކަތް
ނަންބަރު: (IUL)O1MC/2021/01
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 24 އޮކްޓޫބަރު 2021 13:00
ހައްދުންމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް އަލަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް

 

 

ހައްދުއްމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓު

ލ.އިސްދޫ

ދިވެހިރާއްޖެ.

 

      (IUL)O1MC/2021/01ނަންބަރު

 

އިޢުލާން

 

ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 11 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 11:00  ގައި ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. މި ސެޝަނުގައި މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު ލިޔުމުން ދެވޭނެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 24 އޮކްޓޫބަރު 2021 

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00 

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓު 

މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ ނަންބަރު 6800636 ފޯނާ ގުޅުއްވުން އެދެމެވެ. 

                ‏20‏ ޞަފަރު‏ 1443 

                ‏27‏ ސެޕްޓެމްބަރ‏ 2021

 

27 ސެޕްޓެންބަރު 2021