ތަމްރީނު
ނަންބަރު: (IUL)179-2/1/2021/34
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 07 އޮކްޓޫބަރު 2021 23:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވާރލްޑް އިންވެސްޓަރ ވީކް 2021 ގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސތު

ވާރލްޑް އިންވެސްޓަރ ވީކް އަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި، އިންވެސްޓްކުރުމާގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުމުގެ މަޤްޞަދުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (IOSCO) އިން އިންތިޒާމްކޮށްގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ ހަފުތާއެކެވެ. މި ހަފުތާގައި IOSCOގެ މެންބަރު ޤައުމުތަކުގައި ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން، މިއަހަރު 'ވޯލްޑް އިންވެސްޓަރ ވީކް 2120' ގައި މިއޮތޯރިޓީން ސާނަވީ އަދި މަތީ ސާނަވީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހުޅުވާލަމެވެ.

 

ތާރީޚާއި ވަގުތު

ޕްރޮގްރާމްގެ ނަން

އަމާޒުކުރެވޭ ފަރާތް

ރެޖިސްޓްރޭޝަން ފޯރމް ލިންކް

ފީ

ސުންގަޑި

09 އޮކްޓޫބަރު 2021
މެންދުރު 14:00 އިން 15:30 އަށް

'އާރލީ އިންވެސްޓިންގ – ސެކިޔޯ ޔޯ ފިއުޗަރ'

ސްކޫލް ދަރިވަރުން

https://forms.gle/ija9w1N2WorrWqJ36

ހިލޭ

7 އޮކްޓޫބަރު 2021
ގަޑި: 23:59

 ވީމާ، މި ސެޝަންގައި ދަރިވަރުން ބައިވެރިކުރެއްވުމަށް ޝައުޤުވެރިވާ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ ނަމާއި، ގުޅޭނެ ނަންބަރު މަތީގައިވާ ސުންގަޑި ހަމަވުމުގެ ކުރިން 'ރަޖިސްޓްރޭޝަން ފޯމް ލިންކް' އިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ މި އޮތޯރިޓީގެ ނަންބަރު 3014140 ނުވަތަ 3336619 ފޯނަށް ގުޅުއްވުން އެދެމެވެ.  

 

19 ޞަފަރު    1443

26 ސެޕްޓެންބަރު 2021

 

 

26 ސެޕްޓެންބަރު 2021