މަސައްކަތް
ނަންބަރު: (IUL)367-AS/367/2021/118
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 30 ސެޕްޓެންބަރު 2021 11:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގައި ފެންސު ޖެހުން

މިކައުންސިލްގެ ނަންބަރު (IUL)367-AS/367/2021/109 (25 އޯގަސްޓް 2021) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުވުމުން އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ފުޓްސަލް ދަނޑުގައި ފެންސު ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން  28 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 10:30ގައި މިކައުންސިލްގެ މީޓިން ރޫމްގައި އޮންނާނެއެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2021  (ބުރާސްފަތި) ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

26 ސެޕްޓެންބަރު 2021