މަސައްކަތް
ނަންބަރު: (IUL) 234-C/234/2021/28
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 04 އޮކްޓޫބަރު 2021 11:30
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
‏އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން‏

އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން

‏     މި ކައުންސިލްގެ ނަންބަރު: ‎(IUL) 234-C/234/2021/24‎ (30 އޯގަސްޓް 2021) އިޢުލާނުގައިވާ ފަރުނީޗަރު ޖަހައިދިނުމުގެ މަސައްކަތްކުރުމަށް އެކަށީގެންވާ ޕްރޮޕޯސަލް އެއް ލިބިފައިނުވާތީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.

‏‏މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ‏‎27‎‏ ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 29 ‏‏ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް‏ ރަސްމީ ގަޑީގައި މި‏‎ ‎‏އިދާރާގެ ނަންބަރު 6680507 ފޯނަށް ‏‏ގުޅުއްވައިގެން ‏ނަންނޯޓް ކުރެއްވުން އެދެމެވެ.‏‏

  •          ޕްރީބިޑް މީޓިންގ: 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:30 ގައި
  •          އަންދާސީހިސާބު ހުށަހެޅުން: 4 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހު 11:30 ‏‏ގެ ކުރިން
  •          ބީލަންތައް ބަލައިގަތުމާއި ހުޅުވުން: 4 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 11:30 ގައި

‏ޕްރީބިޑް މީޓިންގގައި ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާހާއި އިތުރު މަޢުލޫމާތު ދެވޭނެއެވެ. ބީލަންތައް ‏‏‏‏ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.‏ އަދި ކަނޑައެޅިފައިވާ ‏‏‏ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

‏      ވީމާ، މި މަސައްކަތަށް ނަންނޯޓްކުރައްވާ ފަރާތްތަކުން މަތީގައިވާ ތާރީޚްތަކުގައިވާ ‏‏ކަންކަމުގައި ‏‏ބައިވެރިވެލެއްވުމަށް މިކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.‏

‏19 ޞަފަރު 1443‏

‏26 ސެޕްޓެމަބރ 2021‏

                                               

‏                                                ނައުފަލް ޢައްބާސް‏

‏                                               އެކްޓިންގ ސެކެޓްރީ ޖެނެރަލް

26 ސެޕްޓެންބަރު 2021