ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)426-2A/426/2021/355
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 04 އޮކްޓޫބަރު 2021 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މަސައްކަތު) ހިތަދޫ އަވަށު އޮފީސް

ވަޒީފާގެ ފުރުސަތު

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު:

06 (ހައެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ އަވަށު އޮފީސް ، ހިތަދޫ / އައްޑޫ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ރަށުތެރެއާއި، މަގުތަކާއި، ޕާކުތަކާއި،ބަނދަރާއި، ހޭޅިފަށާއި،  ޢާއްމު އިޖުތިމާޢީ މައިދާންތައް ސާފުކުރުން.
  • ތާރުމަގާއި ތާރުމަގުގެ ދެފަރާތު ދުވާރުމަތި ވެލިކަހާ، ވެލިތައްނަގާ، ސާފުކޮށް ތާރުމަގުތަކުގައި ބެހެއްޓިފައިވާ ގަސްވަށިތަކާއި، ވަށްބުރުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރުން.
  • ކައުންސިލް އިދާރާގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގެ މަގުތަކަށް ދަތިވާގޮތަށް ހެދިފައި ހުންނަ ރުއްގަސްތައްކޮށާ، ކުނިނަގާ ސާފުކުރުން.
  • ތާރުމަގުތަކުގައި ފެން ހިންދުވަން ހަދާފައިވާ ސިންކްޕިޓްތައް ސާފުކުރުން
  • ވިއްސާރަވެ ފެންބޮޑުވުމުން ފެންބޭރުކުރުމަށް ހަދާފައިވާ ޖަންކްޝަންތައް ސާފުކުރުން.
  • ހިޔާދޭ ބިޔަގަސްތައް އިންދުމާއި ރަށުތެރޭގެ ޒީނަތްތެރިކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.
  • އައްޑޫސިޓީގެ ހިތަދޫއަށް ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުގައި އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
  • ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުން.
  • އައްޑޫސިޓީ ހިތަދޫގެ ކުޅިތައް ސާފުކުރުމުގެ މަސައްކަތް ކުރުން.
  • ގަބުރުސްތާނު ތަކާއި މިސްކިތްތަކުގެ ހަރިންމަތެރޭގެ ގަސްތައްކޮށާ ވިނަނޮޅާ ސާފުކުރުމާއި ކުނިނެގުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް:

   ލިޔަންކިޔަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް  
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޫބަރު 04 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮކްޓޫބަރު 10 އާއި 2021 އޮކްޓޫބަރު 14 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ.

19 ޞަފަރު 1443

 

26 ސެޕްޓެންބަރު 2021